ޚަބަރު

ކޮންމެ ރެއަކު 9:00 އިން ހެނދުނު 6:00 އަށް އެއާޕޯޓް ބަންދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)، މިރެއިން ފެށިގެން ކޮންމެ ރެއަކު ނުވަގަޑިއިރަށް ބަންދު ކުރަން ނިންމައިފި އެވެ.

Ads by Hajj Corporation

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނީ މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 21:00 ފެށިގެން ހެނދުނު 06:00 އެއާޕޯޓް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ވަގުތުތަކުގައި ސިއްހީ ބޭނުންތަކަށް އަދި އިންސާނީ އެހީތެރިކަމަށްޓަކައި ޖައްސާ ފްލައިޓްތަކަށް ހުއްދަ ދޭނެ ކަމަށެވެ. އަދި ޝެޑިއުލް ނޫން ފްލައިޓްތަކަށްވެސް އެއާޕޯޓްގައި ޖެއްސޭނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ފްލައިޓްތަކުން ތިން ގަޑިއިރުގެ ކުރިން އެމްއޭސީއެލްއަށް އެކަން އަންގަން ޖެހޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާ، ފަތުުރުވެރިން ރާއްޖެ ގެނައުމުން މަނާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!