ޚަބަރު

ގައުމުގެ އިސްވެރިންގެ ޓޮއިލެޓް ޕޭޕަރ ޗެލެންޖަށް މޫސަގެ ފާޑުކިޔުން!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ރައްކާތެރިވުމަށް ސިއްހީ މާހިރުން ދޭ އިރުޝާދާ އެއްގޮތަށް ގިނަގިނައިން އަތްދޮވެ، ގޭގައި ތިބުން އިސްކުރަން ޖެހިފައިވާ މި ދަނޑުވަޅުގައި ފޫހިވެފައި ގޭގައި ތިބޭ ވަގުތު މުނިފޫހިފުލުވުމުގެ ގޮތުން އެކި މީހުން ދަނީ މީސްމީޑިއާގައި ތަފާތު އެކި ޗެލެންޖްތައް ކުރަމުންނެވެ. އޭގެތެރެއިނަ ފާހަގަކޮށްލެވޭ އެއް ޗެލެންޖަކީ، ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމެވެ. މި ޗެލެންޖް މިވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ.

Ads by MWSC

ރާއްޖޭގައި ވެސް ގިނަ ސިޔާސީ ވެރިންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މި ޗެލެންޖުކޮށް، ޗެލެންޖު ފުރިހަމަ ވެސް ކުރަމުންނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު މީސް މީޑިއާގައި ރައްޔިތުން ފާޑުކިޔުން އަމާޒުކުރަން ވަނީ ފަށާފައެވެ.

މި ޗެލެންޖަށް ކުރީގެ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކުވެސް ވަނީ ފާޑުވިދާޅުވެފައެވެ.

"ސިއްޙީ މީިހުން ކޮރޯނާޔާތަޅަނީ. ކުއްޔަށް އުޅޭމީހުން ގެބޮލުގަ އޯނަރުތަޅަނީ، އަމިއްލަ މުވައްޒަފުން ހާސްވެގެން ބޮލުގަތަޅަނީ، ވިޔާފާރިވެރިން ބެންކާ ތަޅަނީ، ސަރުކާރުން މުސާރަ ބަރާބަރަށް ލިބޭ ބޭފުޅުން ހާސްކަމެއްނެތި ޓޮއިލެޓް ޕޭޕަރުތަޅަނީ." މޫސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޓޮއިލެޓް ޕޭޕަރ އިން ޖަގްލްކުރުމުގެ ޗެލެންޖް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވެސް ވަނީ ފުރިހަމަ ކުރައްވާފައެވެ. މީގެ އިތުރުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މި ޗެލެންޖް ފުރިހަމަ ކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!