ޚަބަރު

ކޮވިޑް-19: ކަރަންޓީން ކުރާ އެންމެން ވެސް ޓެސްޓުކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ކަރަންޓީން ކުރާ އެންމެން ވެސް ޓެސްޓުކުރަން ނިންމައިފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ ކަރަންޓީން ކުރުމަށް ފަހު 14 ދުވަސް ހަމަވުމުން ޓެސްޓް ހަދާކަށް އެއްވެސް ޕްރޮޓޮކޯލެއް ނޯންނަ ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ ތަނުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ކަރަންޓީނު ކުރާތާ 14 ދުވަސް ހަމަވުމަށް ފަހު ވެސް ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"އާންމު ގޮތެއްގައި އަޅުގަނޑުމެން ކަރަންޓީނު މި ކުރަނީ ވަކިވަކި ކޮޓަރިތަކުގައި. ކަރަންޓީނު މި ކުރަނީ 14 ދުވަހަށް. ސަފާރީ ބޯޓެއް ކަރަންޓީނު ކުރުމުގައި، އޭގައި ހުރި ޓޫރިސްޓަކު ޕޮޒިޓިވް ވުމާ އެކު ކަރަންޓީނު ކުރަން އެންގީ މި މަހުގެ 13 ގައި. ތާރީހު ގުނަން ފެށީ 13 ވަނަ ދުވަހުން ފެށިގެން. އެ އުސޫލުން 14 ދުވަސްކޮށްފައި އެ ޓޫރިސްޓް ދޫކޮށްލީ. އޭގެ ފަހުން އަޅުގަނޑުމެން އޭނާ ޓެސްޓް ހެދިން. އެ ޓެސްޓް ހަދަން ނިންމީ ޕްރޮޓޮކޯލްގެ ދަށުން." ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ މި ގޮތަށް އެންމެން ޓެސްޓުކުރަން ނިންމީ އެ ބޭފުޅުންގެ އަތުގައި ޓެސްޓް ކިޓްތައް ވެސް ހުރުމާ އެކު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!