ނަޝީދުގެ ޓޮއިލެޓް ޕޭޕަރ ޗެލެންޖް: ވެއްޓި ޖެހުނީ ތަޅުންގަނޑު މައްޗަށް
ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމުގެ ޗެލެންޖަކީ މިދުވަސްކޮޅު ވަރަށް ބޮޑަށް ވައިގަ ހިފާފައިވާ ޗެލެންޖެކެވެ. ކޯވިޑް 19 ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ މިދުވަސްކޮޅުގައި ގިނަ ބަޔަކު ދަނީ ގޭގައި ތިބެގެން ފޫހި ފިލުވަން މި ޗެލެންޖް ފުރިހަމަ ކުރަމުންނެވެ.
އެގޮތުން ދިވެހިންގެ ތެރޭގައިވެސް މިހާރު ޓޮއިލެޓް ޕޭޕަރ އިން ޖަގްލް ކުރުމުގެ ޗެލެންޖު ވަނީ ވަރަށް ބޮޑަށް ވައިގަ ހިފާފައެވެ. އެގޮތުން ގިނަ މިނިސްޓަރުންނާއި ނައިބު ރައީސްގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް ވަނީ މި ޗެލެންޖް ފުރިހަމަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިވަނީ މި ޗެލެންޖް ފުރިހަމަ ކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެމަނިކުފާނު ޓޮއިލެޓް ޕޭޕަރުގައި ޖެހިތަނާ ތަޅުން މައްޗަށް ވެއްޓުނީއެވެ. ރައީސް ނަޝީދަށް ޓޮއިލެޓް ޕޭޕަރ ޗެލެންޖް ފުރިހަމަ ނުކުރެވުނު ނަމަވެސް ތަޅުން މައްޗަށް ވެއްޓުމުން ތަދުވާނެކަން ޔަގީނެވެ.
ޓޮއިލެޓް ޕޭޕަރ އިން ޖަގްލްކުރުމުގެ ޗެލެންޖް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވެސް ވަނީ ފުރިހަމަ ކުރައްވާފައެވެ. މީގެ އިތުރުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މި ޗެލެންޖް ފުރިހަމަ ކުރެއްވިއެވެ.