މުނިފޫހިފިލުވުން

ޕާރަސް އަދި މާހިރާއަށް ފިލްމެއް؟

ދެން އެމްވީ ، ދެން އޮންލައިން

ބިގްބޮސްގެ އެންމެ ކާމިޔާބު އެއް ސީޒަން ކަމަށްވާ 13 ވަނަ ސީޒަންގައި ވާދަކޮށް ބެލުންތެރިންގެ ބޮޑު މަގްބޫލުުކަމެއް ހޯދި ޕާރަސް ޗާބްރާ އަދި މާހިރާ ޝަރުމާ ފިލްމަކުން ފެންނަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

Ads by Hajj Corporation

ައިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެެނެސްދޭ އޮންލައިންތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާރަސް އަދި މާހިރާ ސޮއިކުރީ ޕަންޖާބީ ބަހުން ހަދާ ފިލްމެއް ކުޅުމަށެވެ. އެ ފިލްމުގެ ޝޫޓިންގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ޕާރަސްއަކީ ބިގް ބޮސްގެ ހަ ވަނަ އަށް ދިޔަ ބައިވެރިޔާ އެވެ. އަދި މާހިރާ އަކީ ޝޯގެ ފިނާލޭގެ އެއް ދުވަސް ކުރިން ކަޓައިގެން ދިޔަ ބައިވެރިޔާއެވެ.

ޕާރަސް އާއި މާހިރާ ފިލްމަކަށް ސޮއިކުރި ކަމަށް ބުނާ އިރު، "ބިގް ބޮސް 13" ނިމުނު ފަހުން އެ ދެ މީހުން އެކީގައި ކުޅުނު ވީޑިއޯ ލަވައެއް ކަމަށްވާ "ބާރިޝް" ވަނީ ދާދި ފަހުން ދައްކާލައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!