ދުނިޔެ

ކޯވިޑް19: ނިއުޔޯކްގައި 63 އަހަރުގެ ޑޮކްޓަރެއް ނާޒުކް ހާލަތުގައި

ދެން އެމްވީ ، ދެން އޮންލައިން

ނިއުޔޯކް ސިޓީގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަކަށް ނުރައްކާތެރި ކޯވިޑް-19 ވައިރަސް ޖެހިގެން، ހާލު ވަރަށް ސީރިއަސް ވެއްޖެއެވެ.

Ads by WAMCO

ގޭސަޓިޓްރިއޮންޓޮލޮޖިސްޓެއް އަދި ޕްރައިމަރީ ކެއަރ ފިޒީޝަނެއް ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 63 އަހަރުގެ ޑރ.އާނޮލްޑް ވެގް ނަމަކަށްކިޔާ އެ މީހާ ވަނީ އޭނާގެ ކެރިއާރ ގައި 30000 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދީފައެވެ.

ޑޮކްޓަރ ވެގްއަށް ކޯވިޑް-19 ޖެހުނީ މިދިޔަ މަހު އޭނާ ކައިރިއަށް ފަރުވާއަށް އައި ބަލިމީހަކު އޭނާގެ މޫނާއި ދިމާއަށް ކެއްސުމުންނެވެ. ވެގް ގެ ދަރިއެއް ކަމަށްވާ ޑރ ރަސެލް ވެގް ބުނީ ބައްޕަ އަށް ނޭވާ ލެވެނީ ވެސް ވަރަށް ހާލުން ކަމަށާއި، ބައްޕަ ސަލަމާތް ނުކުރެވިދާނެތީ އެންމެން މިތިބީ ވަރަށް ބިރުން ކަމަށެވެ.

ވެގްއަށް ފަރުވާ ދެމުން ދަނީ، އޭނާ 30 އަހަރު ވަންދެން ހިދުމަތް ކުރި ހޮސްޕިޓަލު ކަމަށްވާ ނިއުޔޯކް ޕްރެސްބައިޓާރިއަން ކޯނެލް ހޮސްޕިޓަލުގައެވެ. ވެގް ދަރިފުޅު ބުނީ، ބައްޕަ ހަފްތާއެއް ކުރިން ވަރަށް ގަދަޔަށް ހުން އައިސް ނޭވާލާން އުނދަގޫވެގެން ޑޮކްޓަރަށް ދެއްކިތަނާ 24 ގަޑިއިރު ވަންދެން އައިސީޔޫގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ.

ޔޫއެސްގައި މިހާތަަނަށް ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު 152492 އަށް އަރާފައިވާއިރު، އެގައުމުން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2787 އަށް އަރާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!