ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގަން ދައުވާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ގިނަ ބައެއްގެ މައްޗަށް ދަޢުވާކޮށް ތިން މިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by MWSC

ފުލުހުން ބުނީ 31 ޖަނަވަރީ 2020 ފެށިގެން ހަތެއް ފެބްރުވަރީ 2020 އާ ހަމައަށް އެއިދާރާގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް ނުވަ ކިލޯ ހެރޮއިންއާއި، ހަތަރު ގްރާމް ކޮކޭން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި، ހައްޔަރު ކުރި ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ ބުނެފައެވެ.

އެގޮތުން ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ހަމަ އެރަށު ގުލޭނޫރެންމާގެ އަލީ ޒުބައިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ހުށައަޅާފައިވާ ކަމަށް ޕީޖީން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!