ބާރަށުގައި ކޮވިޑް-19 ޓާސްކު ފޯހުގެ ޓެންޓަށް ގެއްލުންދިން ބަޔަކު ހައްޔަރު ކޮށްފި
ހއ.ބާރަށުގައި ކޮވިޑް-19 ގެ ޓާސްކު ފޯހުގެ މަސައްކަތް ކުރުމަށް ހަދާފައިވާ ޓެންޓަށް ބަޔަކު ގެއްލުންދީފިއެވެ.
ފުލުހުން ބުނީ ބާރަށު ބަނދަރު ސަރަހައްދުގައި އެ ރަށު ކައުންސިލް އިދާރާ އިން ހަދާފައިވާ މި ޓެންޓަށް ގެއްލުންދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު 2:15 ހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި އުމުރުން 18، 20 އަދި 21 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Ads by Allied Insurance