ޚަބަރު

މި މަހު 14 އާއި 19އާ ދެމެދު ޔޫކޭ އިން ރާއްޖެ އައި އެންމެން ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މި މަހު 14 އާއި 19އާ ދެމެދު އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެންގެ ކޮންޓެކްޓް ޓްރޭސިން ހަދައި ޓެސްޓު ކުރުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބުރޫކު އަޒިޒް ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ ހުރިހާ ދިވެހިން ވެސް ޓެސްޓް ކުރާނެ ކަމަށެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެމީހުން ވެސް ޓެސްޓް ކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފަ އެވެ. މި ތިން މީހުން ވެސް ރާއްޖެ އައުމުން ވަނީ ކަރަންޓީނު ފެސިލިޓީ އަށް ބަދަލު ކޮށްފައެވެ. މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ކަރަންޓީނަށް ދާން ޖެހެ އެވެ.

ސަރުކާރުން ވަނީ މިހާރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި އެންމެން ވެސް ޓެސްޓް ކުރުމަށް ނިންމާފަ އެވެ. އެމީހުންގެ ފަރާތުން އަލާމާތް ނުފެނުނު ނަމަވެސް ކަރަންޓީނު ދޫކޮށްލާނީ ޓެސްޓަށްފަހު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!