ޚަބަރު

މާލެއިން ބަންދުކުރި ގެއާ ގުޅޭގޮތުން ދީފައިވަނީ ދޮގު މައުލޫމާތުތަކެއް: އެޗްޕީއޭ

ދެން އެމްވީ

ކޮވިޑް-19 އާއި ގުޅިގެން މިއަދު މާލެއިން ބަންދުކުރި ގެއާއި ގުޅޭގޮތުން ދީފައިވަނީ ދޮގު މައުލޫމާތުތަކެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑަށް ޝައްކު ކުރެވޭ މީހަކު ހުރި ކަމަށް ބުނެ މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ގ.އޮލިވާ ގްރީން ކަމަށެވެ.

އެ ގެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އަލާމާތް ފެނުނު ކަމަށް ޝައްކު ކުރެވޭ މީހާ ހުރި ތަނާ މެދު ސައްހަ ނޫން މައުލޫމާތު ދިނުމުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އެ ގެ މިހާރު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށާއި މިކަމާ ގުޅިގެން އެ ގޭގެ މީހުންނަށް ދިމާވި އުނދަގޫތަކަށް އެޗްޕީއޭ އިން ވަނީ މައާފަށް އެދިފައެވެ.

އެޗްޕީއޭ އިން ބުނީ އެ އެޖެންސީން މަސައްކަތް ކުރަނީ މުޖުތަމައުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ސައްހަ އަދި ތެދު މައުލޫމާތު ދިނުމަށް އެދޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!