ޚަބަރު

ޝަހީމްގެ ގުރްއާން ޗެލެންޖްގައި އަލްހާން ބައިވެެރިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖްގައި އަލްހާން ފަހުމީ ވެސް ބައިވެރިވެވަޑައިގެންފިއެވެ.

އަލްހާން ފަހުމީ އޭނާގެ ފޭސްބުކް ޕޭޖްގައި ހިއްސާ ކުރި ވީޑިއޯ އިން ފެނިގެންދަނީ ޑރ ޝަހީމްގެ ޗެލެންޖް ގަބޫލުކުރައްވާ ގުރުއާން ކިޔުއްވާ މަންޒަރެވެ. އަލްހާނު ގުރުއާން ކިޔާފައިވަނީ ވަރަށް ރީތި ރާގަކަށެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ގުރްއާން ކިޔަވައި ނިންމުމުގެ ޗެލެންޖް ފުރިހަމަ ކުރުމަށް އާންމުންނަށް ގޮވާލާފައެވެ.

"އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީއެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށްބައިވެރިވެވޭނެއެވެ. ޓުވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ. އަޅުގަނޑު ފަށައިފިން." ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެކި އުމުރުފުރާ ތަކުގެ ވަރަށް ގިނަ ދިވެހިން މި ޕްރޮގްރާމްގައި ބައިވެރިވެ ޤުރުއާން ކިޔަވާފައިވާއިރު މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކްގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ވެސް ވަނީ ޝަހީމްގެ މި ޕްރޮގްރާމްގައި ޤުރުއާން ކިޔަވާ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!