ޚަބަރު

މާލޭ 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

. ، ދެން އޮންލައިން
މާލެއަށް އިއްޔެ ވެހުނު ވާރޭގައި ފެންބޮޑުވެފައި/ ފޮޓޯ: ސިޓީ ކައުންސިލް

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި ވެރިރަށް މާލެއަށް އިއްޔެ ހުއްޓާނުލައި ބޯކޮށް ވެހުނު ވާރޭގައި 36 ގެއަކަށް ފެންވަދެ ގެއްލުންވެގެން އެ ގެތަކުގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

Ads by MWSC

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު (އެންޑީއެމްއޭއިން) ރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ފެންބޮޑުވެގެން އެކި އެކި އެހީތަކަށް އެދި 774 ތަަނަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 554 ރިކުއެސްޓަކީ ވެލިބަސްތާ ޖެހުމަށް އެދި ލިބުނު ރިކުއެސްޓް ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ޒަރޫރީ ބޭނުންތަަކަށް ހުރަސް އެޅިގެން ރިޕޯޓް ކުރެވުނު 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް، ދިވެހި ރެޑްކްރެސެންޓާއި ފުލުހުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތުގައިވާ 36 ގޭގެ މީހުންނަށް ކަމަށެވެ.

ފެންބޮޑުވެގެން ވެލިބަސްތާޖެހުމުގެ މަސައްކަތް ސިޓ ކައުންސިލާ، ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ދިވެހި ސްކައުޓުން އަދި އެމްއެންޑީއެފްގެ އިތުރުން އާންމު ފަރުދުން މަސައްކަތްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުން މިއަދު ހެނދުނު 7:45 ހާ ހަމައަށް 17 ޕަންޕެއް ބޭނުންކޮށްގެން މާލެއިން 30،406 ޓަނުގެ ފެން ވަނީ ބޭރުކޮށްފަ އެވެ.

މާލޭގެ އިތުރުން ބޯކޮށްވާރޭވެހި ގެއްލުން ލިބިގެން 8 ރަށަކުން ރިޕޯޓްކޮށްފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!