ދުނިޔެ

ކޯވިޑް19: ނިއުޔޯކްގެ ގަވަރުނަރު އެހީއަށް އެދި އާދޭސް ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ހާލަތު ނިއުޔޯކް ގައި ދަށްވެ އިތުރު ސިއްހީ ހިދުމަތްތެރިންނާއި ދަރުމަވެރިން ގެ އެހީއަށް ނިއުޔޯކް ގެ ގަވަރުނަރު އެދެފިއެވެ.

Ads by Sosun Fihaara

އެއްމިލިއަން އިތުރު ސިއްހީ ހިދުމަތްތެރިން ބޭނުންވާ ކަމަށް އޭނާ ބުނެފައިމިވަނީ ނިއުޔޯކްގައި އެއް ދުވަހުން ކޮވިޑް19 ޖެހިގެން 250 މީހުން މަރުވެ ، މިބަލީގައި އެމެރިކާއިން މަރުވި މީހުންގެ ޖުމްލަ އަދަދު 1200 އަށް އަރާފައިވަނިކޮށެވެ. ސިއްހީ ހިދުމަތްތެރިންގެ ހިދުމަތަށް އާދޭސް ކުރަމުން ގަވަރުނަރު އާންމުކުރި މެސެޖުގައި ބުނެފައިވަނީ އޭނާ ވެސް ނިއުޔޯކް މިހާރު އޮތް ހާލަތު ފެނުމުން ލިބުނީ ބޮޑު ޝޮކެއް ކަމުގައްޔާއި މިއީ މުޅި ގައުމު އެއްބައިވާންވީ ވަގުތު ކަމަށެވެ.

ގަވަރުނަރުގެ މި މެސެޖުގެ ކުރިން ވެސް ނިއުޔޯކް ގެ އަށްޑިހަ ހާހަށް ވުރެ ކުރީގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ ދަރުމަވެރިވުމަށް ތައްޔާރުވެފައެވެ. މީގެ އިތުރުން ހޮސްޕިޓަލުތަކުގައި ބާރުބޮޑުވެ 9/11 ގެ ހާދިސާގައި ބޭނުން ކުރި 1000 އެނދުގެ ނޭވީ ހޮސްޕިޓަލް ޝިޕެއް ވެސް ވަނީ މިހާރު ބޭނުން ކުރަން ތައްޔާރުވެފައެވެ.

މިހާރު ކޮވިޑް19 ގެ އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވާ ގައުމަކީ އެމެރިކާއެވެ. އެމެރިކާއިން 187,347 މީހުން ވައިރަހަށް ޕޮސިޓިވްވެފައިވާއިރު ވައިރަހުގެ ސަބަބުން 3860 މީހަކުވަނީ މަރުވެފައެވެ.

ކުރިއަށް އޮތް 30 ދުވަހަކީ އެމެރިކާ ގެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވާނެ އަދި ގޮންޖެހުންތަކުން ފުރިގެންވާ ދުވަސްތަކެއް ކަމުގައި އެމެރިކާ ގެ ރައީސް ޑޮނާލްޑް ޓްރަމްޕް މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!