ޚަބަރު

މާލޭގައި ފިހާރަތަކާއި ޓޭކްއަވޭގެ ހިދުމަތް 24 ގަޑިއިރު ދިނުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭތަކުގެ ޓޭކްއަވޭ ހިދުމަތް 24 ގަޑިއިރު ދިނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފި އެވެ.

Ads by STELCO

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ނެރެފައިވާ އިއުލާނުގައިވާ ގޮތުން މާލޭ ސިޓީގެ ހުރިހާ ފިހާރައެއް ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ބަންދުކުރަން ޖެހެ އެވެ.

މީގެ އިތުރުން ކެފޭ، ރެސްޓޯރަންޓު އަދި ހޮޓާތަކުގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާތަނަކުންދޭ ޓޭކްއަވޭގެ ހިދުމަތް ވެސް ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލުމަށް މި އަމުރުގައި ވެއެވެ.

އިއުލާނުގައި ބުނި ގޮތުގައި މިގޮތަށް އަމަލުކުރަން ޖެހެނީ މާދަމާ މެންދުރު 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!