ޚަބަރު

ކޮވިޑް19ގެ ނިޝާނެއް ނެތް، އެކަމަކު ޓެސްޓް ކުރަން ތައްޔާރު: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19ގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި ނަމަވެސް ޓެސްޓް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހާއި 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެއައި އެންމެން ޓެސްޓު ކުރަން ނިންމާފައިވާ ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެހެންކަމުން ސަރުކާރުން ނިންމު ނިންމި ނިންމުމާ އެއްގޮތަށް ނަޝީދު ވެސް ޓެސްޓު ހަދަން ޖެހޭނެއެވެ.

ނަމަވެސް މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ އޭރު ޓެސްޓް ކުރުމަށްވެސް އަދި އިތުރުފިޔަވަޅެއްވެސް އެޅުމަށް ނިންމާފައި ނުވާކަމަށާއި ޓެސްޓް ކުރަން އޮންނަނީ ބަލީގެ ނިޝާންތައް ހުރި މީހުން ކަމަށެވެ. އެފަދަ ނިޝާނެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާތް ރަސްކަލާންގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުގެ އޭގެ (ކޮވިޑް19 ގެ) ނިޝާނެއް ނެތް. އެހެން ނަމަވެސް ޕަބްލިކް ހެލްތުން އެދޭނަމަ އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ޓެސްޓް ކުރަން ތައްޔާރަށް. އަޅުގަނޑު ޓެސްޓް ކުރަން ތައްޔާރަށް ހުރި އިރުވެސް ޕަބްލިކް ހެލްތްގުއާއި ޑޮކްޓަރުންކައިރީގާ އަޅުގަނޑު އަހާލަން ބޭނުންވާނެ 14 ވަނަ ދުވަހުގެ ތާރީހަށް ތިބޭފުޅުން ތިޔަނިންމެވީ ކޮން ސައިންޓިފިކް ރެޝަނަލް އެއްގެ މައްޗަށް ބިނާކޮށްފައިތޯ." ނަޝީދު ވިދާޅުވިއެވެ.

ރޭ މަބްރޫކް ވިދާޅުވި ގޮތުގައި އެ ދުވަސްވަރު ޔޫކޭއިން ރާއްޖެ އައި 50 އަށް ވުރެ ގިނަ މީހުން ޓެސްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންގެ ޓެސްޓްކުރުމަށް ނިންމާފައިވަނީ އެ ގައުމަކީ މިބައްޔަށް ރިސްކު ބޮޑު ގައުމަކަށްވެފައި އެގައުމުން ރާއްޖެ އައި ތިން ދިވެހިން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!