ޔޫކޭ އިން އައި ހަތަރު ވަނަ ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ
ޔޫކޭ އިން އައި ހަތަރު ވަނަ ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ފައްސި ވެފައިވާ ކަމަށެވެ.
އެ މީހާ އަކީ އިނގިރޭސި ވިލާތުން އެނބުރި އައި މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެމީހާއާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި ދިވެހިންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. މި ބައްޔަށް މީގެކުރިން ފައްސިވި ތިން ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ތިން މީހުންނެވެ.
Ads by Allied Insurance