ޚަބަރު

މިއަހަރު ދެން ފަތުރުވެރިން އަންނާނެ ކަމަށް ނުބެލެވޭ: ރައީސް ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް 19 ވައިރަހުގެ ސަބަބުން ދެން މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަހަރަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ސަބަބަކީ އެ އަދަދު ލިބޭނީ ރާއްޖެއަށް ފަތުރުވެރިން ބަރާބަރަށް އައިސްގެން ކަމަށް ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"މި ޓެކްސްގެ ރެވެނިއު މި ލިބެން އަންނަނީ ރާއްޖެއަށް ޓުއަރިސްޓުން އައިސްގެން. ރާއްޖެ އަށް އަންނަ ޓުއަރިސްޓުން އަލުން އަނބުރާ ރާއްޖެއަށް އަންނަން ފަށާނެ ކަމަށް، އަންދާޒާއެއް ކުރެވޭކަށެއް ނެތް، މި އަހަރު ނިމުމުގެ ކުރީގައި އެކަން ވެދާނެ ކަމަކަށް. އަޅުގަނޑަށް ޔަގީން ކަށަވަރު ދިމާވެގެން މިއުޅޭ ކަމުގެ ހައްސާސްކަން ސާފު ވެވަޑައިގަންނަވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތަށް ޓެކުހާއި އާމްދަނީ ކުރިއަށް އޮތް ތަނުގައި ލިބޭނީ ވަރަށް މަދުން ކަމަށާއި އެކަން ވިސްނަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!