ކެފޭއަކަށް ބޮޑެތި ގެއްލުންތަކެއް ދިން މީހަކު ހައްޔަރުކޮށްފި

ކެފޭއަކަށް ވަދެ އެތަނުގެ ތެރޭގައި ތިބި މީހުންނަށް ބިރު ދައްކައި، ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފި އެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ފުލުހުންގެ ހައްޔަރަށް ގެންދިޔައީ މާލެއަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނެކެވެ.
ބަންދު އަމުރުގައިވާ ގޮތުން އެ ފިރިހެން މީހާއާއި އިތުުރު ބަޔަކު ބައިވެރިވެގެން ކެފޭއަކަށް ވަދެ އެ ތަނުގެ ތެރޭގައި ތިބި މީހުންނަށް ބިރު ދައްކައި މުދަލަށް ގެއްލުންދިން އިރު، ގެއްލުމުގެ އަގު 50،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ.
ބަންދު އަމުުރުގައިވާ ގޮތުން ހައްޔަރުކުރި މިހާ އަކީ ވެމްކޯގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެކެވެ.
އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށްވާތީވެ އޭނާގެ ބަންދަށްް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ވެސް ކެފޭއަކަށް ގެއްލުން ދިން މައްސަލައެއްގެ 2 މީހަކު ހައްޔަރުކޮށްފައިވެ އެވެ.