ދުނިޔެ

ތުރްކުމުނިސްތާންގައި 'ކޮރޯނާ ވައިރަސް' މިބަސް ބޭނުން ކުރުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ތުރްކުމުނިސްތާނުގެ މީޑިއާއިން 'ކޮރޯނާ ވައިރަސް' މި ބަސް ބޭނުން ކުރުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފިކަމަށް ރިޕޯޓުތައް ބުނެފިއެވެ. މީގެ އިތުރުންވެސް އެ ގައުމުގައި މާސްކު އަޅައިގެން އުޅޭ މީހުން ހައްޔަރުކުރުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް މި ރިޕޯޓުތައް ބުނެއެވެ.

Ads by Sosun Fihaara

އެގައުމުގެ ރޭޑިއޯ ޗެނަލަކުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ގައުމުގައި އާންމުކޮށް މީހުން އެއްވާ ތަންތަނުގައި އެ ބަސް ބޭނުން ކުރޭތޯ ބަލަން ޖާސޫސުވެސް ކުރަމުން ދެއެވެ.

ކަންމިހެން ތުރްކުމުނިސްތާންގެ ގައުމީ ޗެނަލުންނާއި ސަރުކާރުގެ މަސްލަހަތު އޮންނަ އެއްވެސް ޓީވީ ރޭޑިއޯ ޗެނަލަކުން ވެސް ކޮރޯނާ ވައިރަހާއި ގުޅުންހުރި އެއްވެސް ވާހަކައެއް އަދި އެކަމާއި ގުޅިގެން ސަރުކާރުން އަޅާފައިވާ އެއްވެސް ފިޔަވަޅެއްގެ ވާހަކަ ވެސް ގެނެސްދީފައެއް ނުވެއެވެ. އަދި ސުކޫލު ކުދިންނަށާއި އާންމުންނަށް ބެހުމަށް ގެންގުޅޭ ސިއްހީ މައުލޫމާތުގެ ލީފުލެޓުތަކުން ވެސް ' ކޮރޯނާ ވައިރަސް' މި ބަސް ވަނީ ނަގާފައެވެ.

ކޮރޯނާ ވައިރަސް ،މި ބަސް ބޭނުން ކުރުން މަނާކުރި ނަމަވެސް ތުރްކުމުނިސްތާނުގެ ސަރުކާރުން ވަނީ ވައިރަސް ކޮންޓްރޯލުކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސުކޫލު ޗުއްޓީގެ މުއްދަތު އިތުރުކޮށް އާންމު ދަތުރުފަތުރުކުރުމަށް ބޭނުންވާ ވެހިކަލްތަކުގައި ހުން ބެލުމުގެ އިިންތިޒާމް ހަަމަޖައްސައި ކްލޮރިން އިން ވެހިކަލްތައް ޑިސްއިންފެކްޓު ކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުންވެސް އެ ގައުމުގެ ބޭންކަށް ހިދުމަތް ހޯދުމަށް އަންނަަ ކަސްޓަމަރުންގެ އަތާއި އަނގަ ވެސް ޑިސްއިންފެކްޓު ކުރެއެވެ.

ނަމަވެސް އެހެން ގިނަ ގައުމުތަކާއި ހިލާފަށް ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައެއް ނުވެއެވެ.

ތުރްކުމުނިސްތާނު ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ގައުމަކީ މިހާރު ދުނިޔޭގައި ވައިރަހުގެ އަސަރުނުކުރާ ހަމައެކަނި ގައުމެވެ.

ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމަށް ވައިރަހުގެ އަސަރުކޮށްފައިވާއިރު 856,917 މީހުން ވަނީ ވައިރަހަށް ޕޮސިޓިވްވެ އޭގެ ތެރެއިން 42,107 މީހުން ވަނީ މަރުވެފައެވެ. މިހާރު އެންމެ ގަދައަށް ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ޔޫރަޕުގެ ގައުމުތައް ކަމަށް ވާ އިޓަލީ، ޖާރމަނީ' ސްޕެއިން އަދި ފްރާންސް ހިމެނެއެވެ. ހަމައެހެންމެ ތުރްކުމުނިސްތާންގެ އެންމެ ކައިރީގައި އޮތް އިރާނަކީ ވެސް ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ތުރުކުމުނިސްތާނުން ކޮވިޑް19 އަށް އެއްވެސް މީހަކު ޕޮސިޓިވް ވިކަމަަށް އަދި ރެކޯޑް ކޮށްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!