ތެލާއި ކެމިކަލް އަދި ގޭސް ޓޭންކަރުގައި ކާގޯ އުފުލުން މަނާކަން ހަނދާންކޮށްދީފި
އަދި އެ ގޮތަށް ޖެނެރަލް ކާގޯ އުފުލުމަކީ އެފަދަ އުޅަނދުފަހަރު އޮޕަރޭޓް ކުރުމަށް އެ އުޅަނދުފަހަރު ރަޖިސްޓަރީ ކޮށްފައިވާ ގައުމަކުން ދޫކޮށްފައިވާ ހުއްދަތަކާ ފުށުއަރާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ރާއްޖެ އަންނަ ތެޔޮ ޓޭންކަރުތަކާއި ކެމިކަލް ޓޭންކަރުތަކާއި އަދި ގޭސް ކެރިއަރު ތަކުގައި ޖެނެރަލް ކާގޯ ނުއުފުލުމަށް އުޅަނދުފަހަރު އޮޕަރޭޓް ކުރައްވާ ފަރާތްތަކަށާއި ޝިޕިން އެޖެންޓުންނަށާއި އަދި އުޅަނދުގެ ވެރިފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ޓްރާންސްޕޯޓް މިނިސްޓްރީން ނުދެ އެވެ.
ނަމަވެސް ރާއްޖެއަށް ތެޔޮ އެތެރެކުރާ ހޯކްސް ކުންފުނިން ސިނގިރެޓް ކާޓަންތަކެއް އެތެރެކުރި މައްސަަލައެއް ވަނީ ފެންމަތިވެފަ އެވެ.