ދަގަނޑު ބޮޔެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފުން މިރޭ އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޮއި އޮޔާދަމުން ދަނީ އއ. އަތޮޅުގައި އޮންނަ މަޑިވަރު ރިސޯޓްގެ ހުޅަނގު އުތުރުން 3.6 ނޯޓިކަލް މޭލުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ދަަގަނޑު ބޮއި އޮޔާދަމުން ދަނީ އިރަށް ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.