ޚަބަރު

ބޭރަށް ނިކުތުން މަނާ ގަޑިތަކުގައި މަގުމަތީގައި އުޅޭނަމަ ޖޫރިމަނާ ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތްވެރިވެ އެކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

Ads by Sosun Fihaara

ކޮވިޑް-19އިން ރައްކާތެރިވުމަށްތަކައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ވަރުގަދަކޮށް މާދަމާ އިން ފެށިގެން ހަވީރު 5:00 އާއި ރޭނގަނޑު 8:00އާ ދެމެދު މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދު ފަހަރު ދުއްވުންވަނީ މަނާކޮށްފައެވެ. އަދި ކޮންމެ ދުވަހެއްގެ އެ ވަގުތަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހުއްޓާލާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅުން މަނާކޮށްފައިވާ ވަގުތުތައް ނޫން އެހެން ވަގުތުތަކުގައި މާލެ ސަރަހައްދުގެ މަގުތަކަށް އެކީގައި ތިން މީހުނަށް ވުރެ ގިނައިން ނުނުކުތުމަށް ވެސް އަންގާފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލަުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ފަރާތުންސްޕްރިންޓެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވަނީ މި ފިަޔަވަޅުތަކުގެ ވަގުތުތަކުގައި އިސްތިސްނާ ވެފައިވާ އޮފީސްތަކުގެ މުވައްޒަފުންވެސް ބޭރަށް ނުކުމެ އުޅޭއިރު އެއޮފީހެއްގެ ޔުނިފޯމުގައި އުޅުމަށް އިލްތިމާސްކުރައްވާފައެވެ.

އެވަގުތުތަކުގައި އެންގުމާ ޚިލާފުވާ ފަރާތްތަކަށް ނަސޭހަތްތެރިވާނެކަމަށާ، އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމާނާ ކުރާނެކަމަށް ފުލުހުން ބުނެއެވެ.

މި ވަގުތުގައިވެސް ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނީގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދުފަހަރު ނުކުމެ އުޅުން މަނައެއް ނުވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ ތެރޭގައި ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު އާއި، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އާއި އެމްބިއުލާންސް ހިމެނެ އެވެ. ވެމްކޯގެ މުވައްޒަފުންނާއި އުޅަނދުފަހަރުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އަޅައިގެން އުޅޭ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރަށް ވެސް އެ ވަގުތު މަގުތަކުގައި އުޅެވޭނެ އެވެ. އަދި ދައިލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރުތަކާއި ޑިޕްލޮމެޓިކް އުޅަނދުފަހަރުތަކަށް ވެސް އުޅެވޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!