ޚަބަރު

ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް މި މަހުން ފެށިގެން އެލަވެންސެއް ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް މި މަހުން ފެށިގެން އެލަވެންސެއް ދޭން ނިންމައިފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި މަހުން ފެށިގެން ތިން މަހުގެ އެލެވަންސް ދޭނީ ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށްކަމަށެވެ. އެގޮތުން އެލަވެންސްގެ ގޮތުގައި ދޭނެ އަދަދެއް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އިޢުލާންކޮށްފައިވާ 1.5 ބިލިއަން ރުފިޔާގެ ސްޓިމިއުލެސް ޕެކޭޖްގެ ދަށުން ރިސޯޓްތަކަށް ފައިސާ ދޫކުރާނީ އެރިސޯޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަޤީންކަންދިނުމުންކަމަށެވެ. ނަމަވެސް ރިސޯޓްތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ފައިސާ ދޭނީ އެ ޕެކޭޖުގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ވަރަށް މުހިންމު ކަމެއް ވަޒީފާ ގެއްލޭ މީހުން ރަޖިސްޓރީކުރުން. "ޓީމް"އިން އެބައޮތް ޢަދަދެއް ޙިއްސާކޮށްފައި ރިސޯޓުތަކުން ވަޒީފާ ގެއްލުނު މީހުން. އެހެންވެ މިދަންނަވަނީ ފޯމަލް މެކޭނިޒަމެއްގެ ތެރެއިން މިކަންކުރަން. އަޅުގަނޑު އެދެން ޖޮބް ސެންޓަރގައި ރަޖިސްޓްރީކުރުން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ވަޒީފާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ޖޮބް ސެންޓަރުގައި މިހާތަނަށް 292 މީހުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!