ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ
ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް މާލޭގެ ސްކޫލެއްގެ ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެޑިއުކޭޝަނަ މިނިސްޓްރީން މިއަދު ބުނީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން މިނިސްޓްރީގެ ސަމާލު ކަމަށް ގެެނެސްފައިވާ ކަަމަށެވެ.
ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.
ދަރިވަރަކަށް ދިމާވި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އެފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.