Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެޕްރީލްފޫލް ނުހެދުމަށް ، މުފްތީ މެންކް އާދޭހާއެކު ގޮވާލައްވައިފި

އޭޕްރީލްފޫލް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ނުކުރުމަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ އާދޭހާއެކު ގޮވާލައްވައިފިއެވެ.

މުފްތީ މެންކް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭޕްރީލްމަހުގެ ފުރަތަމަ ދުވަހަކީ މީހުންނަށް އޮޅުވާލާ ދޮގުހެދުން ފަދަ ކަންތައް އާންމުކޮށް ކުރާ ދުވަހެއް ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މީހަކު ހަދާ ދޮގުގެ ޒިންމާ އެމީހަކު ނަގަން ޖެހޭނެ ކަމަށް މީސްމީޑިއާ މެދުވެރިކޮށް ގިނަ ނަސޭހަތާއި އިރުޝާދު ދެއްވާ މުފްތީ މެންކް ވިދާޅުވިއެވެ.

މުފްތީ ވިދާޅުވީ އޮޅުވާލުމާއި ނުބައި މައުލޫމާތު ފެތުރުމާއި ބިރާސްވެރިކަން އުފެއްދުމަކީ ނުބައިކަމެއް ކަމަށާއި އެކަން ކުރުމުން އެއޮޅުވާލެވުނީ ހަމަ އެމީހެއްގެ އަމިއްލަ ނަފްސަށް ކަމަށެވެ.

Advertisement
Allied — Dhen Online (box)

ޒިމްބާބުވޭގެ މުފްތީ ،މެންކަކީ މުޅި އިސްލާމީ އުއްމަތުގެ ގަދަރާއި އިހްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. ދީނުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމުގައި މުފްތީއަކީ ވަރަށް ހަރަކާތްތެރި އިލްމްވެރިއެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް