ޚަބަރު

އަޑުގަދަކޮށް، ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ

މާލޭ މަގުމަތީގައި ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރު ކޮށްފިއެވެ.

މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް އަދި ބާރަށް އުޅަނދުފަހަރު ދުއްވާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އާދިއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މާލޭގެ އެކި މަގުތަކުގައި ބާރަށް ސައިކަލު ދުއްވި 19 އަހަރުގެ ދިވެހި ފިރިހެނެއް، ޓްރެފިކް ޕޮލިސް ސްޓޭޝަން ކުރިމަތިން ހެނދުނު 6:00 ހާއިރު ހުއްޓުވާފައިވާ ކަމަށެވެ.

އޭގެ ފަހުން އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!