Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޝަހީމްގެ ޤުރުއާން ޗެލެންޖުގައި ޕޮލިސް ކޮމިޝަނަރ ހަމީދު ވެސް ބައިވެރިވެވަޑައިގެންފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މީސް މީޑިއާގައި ފެއްޓެވި ގުރްއާން ޗެލެންޖުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންފިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ ބަގަރާ ސޫރަތުގެ 152 ވަނަ އާޔަތުން 157 ވަނަ އާޔަތައް ކިޔަވާވިދާޅުވެފައެވެ. އަދި އެއާޔަތްތަކުގެ މާނަ ވެސް ކޮމިޝަނަރ ވަނީ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

ޗެލެންޖު ފުރިހަމަކުރެއްވުމަށް ފަހު ހަމީދު ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ޗެލެންޖް ކުރައްވާފައެވެ.

Advertisement
Ooredoo — Square (box)

މި ދުވަސްވަރު މީސްމީޑިއާގައި ތަފާތު ޗެލެންޖުތަކެއް ގިނަވެފައި ވަނިކޮށް، ޤުރުއާން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ޑރ.ޝަހީމް ފެއްޓެވި ޗެލެންޖަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. ކުޑަކުދިންނާއި އެކި އުމުރުފުރާތަކުގެ ދިވެހީންގެ އިތުރުން ސައުދީ އަރަބިއްޔާގައި ތައުލީމް ހާސިލް ކުރާ އެކި ގައުމުތަކުގެ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވެ ކީރިތި ޤުރުއާން ކިޔެވިއިރު އެންމެ ބޮޑަށް ފާހަގަވީ ޒިމްބާބުވޭގެ މުފްތީ އިސްމާއީލް މެންކް ވެސް މިޕްރޮގްރާމްގައި ބައިވެރިވެޑައިގަތުމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް