ޚަބަރު

ބައްސާމް އާއި އެފްއޭއެމްގެ ސްޓާފުން ލޭ ހަދިޔާކޮށް ނަމޫނާ ދައްކައިފި

ދެން އެމްވީ ، ދެން އޮންލައިން

ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ފުޓްބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި އެ އެސޯސީއޭޝަނުގެ ސްޓާފުން ލާ ހަދިޔާކޮށް ނަމޫނާ ދައްކައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ލޭލިބުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެގޮތުން ތެލެސީމިއާ ސެންޓަރުންވެސް ވަނީ ވީހާވެސް ގިނަ ފަރާތްތަކުން ލޭހަދިޔާކޮށްދިނުމަށް އެދިފައެވެ.

އެފްއޭއެމުން ބުނީ މުޅި ފުޓްބޯޅަ އާއިލާ އޮތީ އެކަތިގަނޑަކަށްވެ، ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ކުރުމަށް ތައްޔާރަށް ކަމަށެވެ. އެގޮތުން "ލެޓްސް ޑޮނޭޓް"ގެ ނަމުގައި އެފްއޭއެމުން ހިންގި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި ބައްސާމްގެ އިތުރުން އެ އެސޯސީއޭޝަންގެ ޖެނަރަލް ސެކްރެޓަކީ ހުސައިންޖަވާޒުގެ އިތުރުން ސްޓާފުން ވެސް ވަނީ މި ލޭ ހަދިޔާ ކޮށްފައެވެ.

ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ އާންމުންގެ އެހީއަށް އެދުމުން އިދިކޮޅު ޕީޕީއެމުން އިސްނަގައިގެން ވަނީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ވެސް ބާއްވާފަ އެވެ. އަދި ބައެއް ކަލްބް ޖަމިއްޔާތަކުން ވެސް ވޭތުވެ ދިޔަ ތިން ދުވަހު ވަނީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތަކެއް ބާއްވާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!