ދުނިޔެ

ބުޅަލާއި ކުއްތާ ކެއުން ޗައިނާގައި ގާނޫނީ ގޮތުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ސިޓީއެއްގައި ބުޅަލާއި ކުއްތާ ފަދަ ތަކެތި ކެއުން މަނާ ކޮށްފިއެވެ.

Ads by Sosun Fihaara

13 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ ޝެންޒެހެން ސިޓީގައި ބުޅަލާއި ކުއްތާފަދަ ޖަނަވާރުތައް ކެއުން މަނާ ކުރީ އިއްޔެއެވެ. އަދި އެ ނިންމުމަށް މެއި 1 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށުމަށްވެސް ވަނީ ނިންމާފައެވެ. ޖަނަވާރުންގެ ހައްގުގައި މަސައްކަތްކުރާ ޗައިނާގެ ބައެއް މީހުން ބުނީ ސަރުކާރުގެ އެ ނިންމުން ވެގެންދާނީ ތާރީހީ ނިންމުމަކަށް ކަމަށެވެ.

ޗައިނާގެ ހަބަރުތައް ފަތުރާ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސަރުކާރުން ކުއްތާ އާއި ބުޅާ ފަދަ ޖަނަވާރު ކެއުން މަނާ ކުރީ، ޗައިނާއިން ފުރަތަމަ ފެނުނު ނުރައްކާތެރި ކޯވިޑް 19 ވައިރަހުގެ ސަބަބުންނެވެ. ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ވަނީ ކޯވިޑް 19 އަކީ ދުނިޔެއަށް ބަލި މަޑުކަމެއްގެ ގޮތުގައި ނިންމާފައެވެ.

ޗައިނާގައި ކުއްތާ އަދި ބުޅާފަދަ ޖަނަވާރު ކެއުން މަނާ ކުރި ނަމަވެސް، އޫރާއި މުސަޅު ފަދަ ޖަނަވާރު ކެއުން މަނާ ކޮށްފައެއް ނުވެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ކޯވިޑް 19 ޖެހެން މެދުވެރިވީ ވާލާއި، ހަރުފަ ފަދަ ތަކެތި ކައި ހެދުމުންނެވެ. ކޯވިޑް 19 އަށް ޔަގީން ފަރުވާއެއް އަދި މިހާތަނަށް ހޯދިފައިނުވާއިރު، އެބަލި ޖެހުނު މީހުންެގެ އަދަދު ވަނީ 9 ލައްކައަށް އަރާފައެވެ. މީގެއިތުރުން ކޯވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ސާޅީސް ހާހަށްވުރެ މަތިވެފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!