މުނިފޫހިފިލުވުން

ކޯވިޑް19 ފަންޑަށް ކަންގަނާ 25 ލައްކަ ރުޕީސް ހަދިޔާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި، ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ކޮރޯނާވައިރަހާ ދެކޮޅަށް އިންޑިއާއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވާން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރެއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް މަޝްހޫރު ބަތަލާ ކަމަށްވާ ކަންގަނާ ރަނޯތު 25 ލައްކަ އިންޑިއަން ރުޕީސް ހަދިޔާކޮށްފިއެވެ.

Ads by STELCO

ކަންގަނާގެ ދައްތަ ކަމަށްވާ ރަންގޯލީ ޗާންޑެލް ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ކޮއްކޮ ކަންގަނާ ވެސް ޕީއެމް ކެއާޒް ފަންޑަށް 25 ލައްކަ ރުޕީސް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އޭނާ ވަނީ ކަންގަނާ ފައިސާ ހަދިޔާކުރި ސުލިޕްވެސް ހިއްސާކޮށްފައެވެ.

އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރުމާއި ގުޅިގެން ކަންގަނާ ވަނީ ގޭގައި ތިބެގެން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ ބައެއް ކަންކަން އޭނާގެ ސަޕޯޓަރުންނާއި ހިއްސާ ކޮށްފައެވެ.

މިހާތަނަށް ޕީއެމް-ކެއާޒް" އަށް އެހީ ދިން ތަރިންގެ ތެރޭގައި ވިކީ ކޯޝަލްއާއި ހެމާ މާލިނީއާއި އޭނާގެ ދޮންދަރި ސަނީ ޑިއޯލްއާއި އަކްޝޭ ކުމާރާއި ވަރުން ދަވަންއާއި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާއާއި ޕްރިޔަންކާ ޗޯޕްޅާ، ކަރީނާ ކަޕޫރާއި، އަނުޝްކާ ޝަރުމާ ހިމެނެއެވެ.

ފައިސާގެ އެހީދެމުން އަންނަ ތަރިންގެ ތެރޭގައި ގިނަ އަދަދެއްގެ ޓީވީ ތަރިން ވެސް ހިމެނެ އެވެ. މީގެ އިތުރުން ވަރަށް ގިނަ ފަންނާނުން ދަނީ މެޑިކަލް ސާމާނު ވެސް ހަދިޔާކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!