ދުނިޔެ

ކޯވިޑް19އަށް ވެކްސިނެއް އުފައްދައިފިކަމަށް ސިނގެރޭޓް އުފައްދާ ކުންފުންޏަކުން ބުނެފި

ދެން އެމްވީ ، ދެން އޮންލައިން

ސިނގެރޭޓް އުފައްދާ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ބްރިޓިޝް އެމެރިކަން ޓޮބޭކޯ އިން ކޯވިޑް19 އަށް ވެކްސިނެއް އުފައްދައިފިކަމަށް ބުނެފިއެވެ.

Ads by Sosun Fihaara

އެކުންފުނިން ބުނެފައިވާ ގޮތުގައި ދުންފަތްގަސް ބޭނުންކޮށް އުފައްދާފައިވާ މި ފަތްޕިލާވެލީގެ ވެކްސިން ޖޫން މަހުގެ ތެރޭގައި އުފައްދަން ފެށޭވަރު ވާނެއެވެ. އަދި އިނގިރޭސި ސަރުކާރުގެ އެއްބާރުލުން ލިބިއްޖެނަމަ އެއް މަސް ތެރޭގައި ތިން މިލިއަން ޑޯޒް ގެ ވެކްސިން އުފެއްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެހެން ވެކްސިން ތަކާއި ހިލާފަށް މި ވެކްސިން އުފައްދަނީ ފަތްޕިލާވެލިން ކަމަށް ވުމާއެކު އުފެއްދުމަށް ދާ ހަރަދުވެސް ކުޑަވެގެންދާނެ އެވެ. ވައިރަހުގެ ޖެނެޓިކް ސީކުއެންސެއް ، ކްލޯންކޮށް އެ މެދުވެރިކޮށް އުފައްދާފައިވާ އެންޓިޖެން ، ދުންފަތް ގަހުގެ ތެރެއަށް ދިރުވައިގެން އުފައްދާ މި ވެކްސިން އަކީ ބަލި އެމީހަކަށް ޖެހުމުގެ ކުރިން ވެސް ބައްޔަށް ތައްޔާރުކޮށްދޭނެ ވެކްސިންއެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެންޓިޖެންއަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ހަށިގަނޑަށް ފޮނުވާލެވޭ މާއްދާއެކެވެ. ދިފާއީ ނިޒާމު ވަރުގަދަ ވުމާއެކު މުޅި ހަށިގަނޑު އަދި ދިފާއީ ނިޒާމު އެ ބަލިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ތައްޔާރުކޮށްލައެވެ.

މިހާރު ކުރިއަށް ދަނީ ޖަނަވާރުންނަަށް ދީގެން މި ވެކްސިން ޓެސްޓުކުރުން ކަމަަށާއި ވީހާ ވެސް އަވަހަކަަަށް މިވެކްސިން ބާޒާރަަަށް ނެެރުމަށް މަސައްކަތް ކުރަމުން އަންމަ ކަމަަަށް އެކުންފުނިން ބުނެފައިވެއެވެ.

ބްރިޓިޝް އެމެރިކަން ޓޮބޭކޯ ގެ ދަށުން ވައިރަހުގެ މަސައްކަތް ކުރަމުން އަންނަ ކެންޓަކީ ބަޔޯ ޕްރޮސެސިން ފަރމް އަކީ ދުނިޔެއަށް މީގެ ކުރިން ކުރިމަތިވި އެބޯލާ ވައިރަހަށް ވެސް ވެކްސިން އެއް އުފައްދާފައިވާ ފަރމް އެކެެވެ.

ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމަށް ވައިރަހުގެ އަސަރުކޮށްފައިވާއިރު 933,688 މީހުން ވަނީ ވައިރަހަށް ޕޮސިޓިވްވެފައެވެ. އޭގެ ތެރެއިން 46,869 މީހުން ވަނީ މަރުވެފައެވެ. މިހާރު އެންމެ ގަދައަށް ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ޔޫރަޕުގެ ގައުމުތައް ކަމަށް ވާ އިޓަލީ، ޖާރމަނީ، ސްޕެއިން އަދި ފްރާންސް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!