ދުނިޔެ

އިންޑިއާ އާއި އިންޑޮނޭޝިޔާގެ 2000 އަހަރުވަންދެން ތަރިކަ ހިއްސާކުރެވުން ފާހަގަކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އިންޑިއާ އާއި އިންޑޮނޭޝިޔާގެ މެދުގައި 2،000 އަހަރުވަންދެން ތަރިކަ ހިއްސާކުރެވުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކަރުތާގައި ހުރި އިންޑިއާގެ އެމްބަސީގައި ބޭއްވި މަ ހަފްލާގައި އިންޑިއާގެ ސަފީރު މަނިޝް ގުޕްތާ ވިދާޅުވީ މި ދެ ގައުމުގެ ގުޅުން ވަރަށް ދުވަސްވީ އަދި ފުން ގުޅުމެއް ކަމަށެވެ.

ގުޕްތާ ވިދާޅުވީ މި ދެ ގައުމުގެ މެދުގައި ހުރި ސަގާފީ، އިގްތިސޯދީ އަދި ވިޔަފާރީގެ ގުޅުންތަކަކީ ގަރުނުތަކެއް ވަންދެން ދެމިގެން އައިސްފައިވާ ގުޅުންތަކެއް ކަމަށެވެ.

މި ހަފްލާގައި އިންޑޮނޭޝިޔާގެ ސަގާފަތާއި ތައުލީމީ ވަޒީރު ނަދިއެމް އަންވަރް މަކާރިމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަންވަރް ވިދާޅުވީ އިންޑިއާ އާއި އިންޑޮނޭޝިޔާގެ މެދުގައި ހުރި ގުޅުމަކީ ހަމައެކަނި ސަރުކާރުތަކުގެ މެދުގައި އޮތް ގުޅުމެއް ނޫން ކަމަށެވެ. އެއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް ކަމަށެވެ.

މި ހަފްލާގައި އިންޑިއާ އާއި އިންޑޮނޭޝިޔާގެ މެދުގައި ހުރި ސަގާފީ އަދި ތާރީހީ ގުޅުންތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއް ވެސް ބޭއްވުނެވެ. މީގެ އިތުރުން ދެ ގައުމުގެ ސަގާފަތް ދައްކުވައިދޭ ސަގާފީ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދެވުނެވެ.

މި ހަފްލާއަކީ އިންޑިއާ އާއި އިންޑޮނޭޝިޔާގެ މެދުގައި ހުރި ދުވަސްވީ އަދި ފުން ގުޅުން ފާހަގަކޮށް، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ހަފްލާއެއް ކަމަށް ބައިވެރިން ފާހަގަކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!