ސިންދު ސަރަަހައްދުން ހިންދޫ މައިނޯރިތީ އާބާދީ ހިޖުރަކުރުން އިތުރުވެއްޖެ
ސިންދު ސަރަޙައްދުން ހިންދޫ މައިނޯރިޓީ އާބާދީ ބޭރަށް ހިޖުރަކުރަމުންދާ މިންވަރު އިތުރުވަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާން (އެޗްއާރުސީޕީ) ރިޕޯޓުކޮށްފި އެވެ.
އެޗްއާރުސީޕީ އިން ނެރުނު ރިޕޯޓެއްގައި ބުނީ މި ހިޖުރަކުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެ މީހުންނާ ދެކޮޅަށް ހިންގޭ އަނިޔާވެރި އަމަލުތަކާއި ތަފާތުކުރުންތައް ހިމެނެއެވެ.
ރިޕޯޓުގައި ބުނީ ސިންދު ސަރަހައްދުގައި ދިރިއުޅޭ ހިންދޫ އާބާދީއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތެރޭގައި މަޖުބޫރުން އިސްލާމްދީނަށް ވެއްދުމާއި، ޒުވާން އަންހެނުން ރޭޕްކުރުމާއި، ޒުވާން އަންހެނުން މަޖުބޫރުން ކައިވެނިކުރުވުން ހިމެނެ އެވެ.
މީގެ އިތުރުން ރިޕޯޓުގައި ބުނީ ހިންދޫ އަޅުކަންކުރާ ތަންތަނަށް ގެއްލުން ދިނުމާއި، އެ މީހުންގެ ވިޔަފާރިތަކަށް ބިރުދެއްކުމުގެ ޢަމަލުތައް ހިންގާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެޗްއާރުސީޕީގެ ޗެއާޕާސަން ހީނާ ޖިލާނީ ވިދާޅުވީ މި ކަންކަމުގެ ސަބަބުން ގިނަ އަދަދެއްގެ ހިންދޫން އިންޑިއާއަށް ހިޖުރަކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އޭނާ ގޮވާލައްވާފައިވެ އެވެ.
ރިޕޯޓުގައި ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، މައިނޯރިޓީ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ ގާނޫނެއް ތައާރަފުކުރުމާއި، މައިނޯރިޓީ ކޮމިއުނިޓީތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފުލުސް ޔުނިޓެއް އުފެއްދުން ހިމެނެ އެވެ. އަދި މި މައްސަލަތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަށްވެސް އެޗްއާރުސީޕީން ގޮވާލާފައިވެ އެވެ.