ދުނިޔެ

ޕާކިސްތާނުގެ ގިލްގިޓް-ބަލްޓިސްތާން ސަރަހައްދުގައި ފެނުގެ ހާލަތު ގޯސްވެއްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޕާކިސްތާނުގެ ގިލްގިޓް-ބަލްޓިސްތާން (ޕީއޯޖީބީ) ސަރަހައްދުގައި ފެން ސާފުކުރާ ޕްލާންޓްތައް ހަލާކުވެ، މަރާމާތު ނުކުރެވި ދިގު މުއްދަތެއް ވުމާއެކު، އެ ސަރަޙައްދުގައި ފެނުގެ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.

ރިޕޯޓުތަކުން ދައްކާގޮތުގައި ގިލްގިޓް-ބަލްޓިސްތާން ސަރަހައްދުގެ އެކި ރަށްތަކުގައި ހުރި ފެން ސާފުކުރާ ޕްލާންޓްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން، ގާތްގަނޑަކަށް 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ސާފު ބޯފެން ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. އަދި މި ސަރަހައްދުގެ ގިނަ ރައްޔިތުން މިހާރު ބޭނުންކުރަމުންދަނީ ސާފުނުކުރާ ފެންކަމަށް ވެސް ރިޕޯޓުތަކުން ދައްކަ އެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށާފައެވެ.

އެގޮތުން، ފެން ސާފުކުރާ ޕްލާންޓްތައް އަވަހަށް މަރާމާތުކޮށް، އަލުން ހިންގަން ފެށުމަށް ރޭވިފައިވާކަމަށް ސަރުކާރުގެ އިސް ވެރިންވަނީ ބުނެފައެވެ. އަދި މީގެ އިތުރުން، އާ ފެން ސާފުކުރާ ޕްލާންޓްތައް ގާއިމުކުރުމަށް ވެސް ވިސްނަމުންދާކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ސިއްހީ މާހިރުން ބުނީ މީގެ ސަބަބުން ގިލްގިޓް-ބަލްޓިސްތާން ސަރަޙައްދުގެ ރައްޔިތުންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އަދި ސާފު ބޯފެން ނުލިބުމުގެ ސަބަބުން އެކި ބާވަތުގެ ބަލިތައް ފެތުރުމުގެ ފުރުސަތު އޮތްކަމަށް ވެސް އެ މާހިރުން ވަނީ އިންޒާރުދީފަ އެވެ.

މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޕާކިސްތާނުގެ ސަރުކާރާއި، އެ ސަރަހައްދުގެ އިދާރާތަކުން މަސައްކަތްކުރަމުންދާއިރު، ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!