ޚަބަރު

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މީހަކު ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލާގައި ފުލުހުން ހޯދަމުންދާ މީހާ

ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފާކުރިކަމުގެ ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

Ads by STELCO

އެ މީހާ ފިހާރާގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ކްލިޕެއް ހިއްސާކޮށް ޝާއިއުކުރި ހަބަރެއްގައި ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާ އަކީ ޑިސެމްބަރު 4، 2024 ގައި ވިިލިމާލޭގައި ހުންނަ ސިމިނީ މާޓު ފިހާރައިން ވިޔަފާރިކުރި މީހެއް ކަމަށެވެ.

ފިހާރައިގެ ކައުންޓަރު ކައިރީގައި ދެ މީހަކު ހަރަކާތްތެރިވާ މަންޒަރު ވީޑިއޯއިން ފެންނައިރު ފުލުހުން ބުނީ އެމީހުންނަކީ ކޮންބައެއްކަން އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.

އެހެންވެ އެ މީހުން ހޯދަން އާއްމުންގެ އެހީއަށް ފުލުހުން އެދުނެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000 އަށް ގުޅައި ހިއްސާކުރަން އެދުނެވެ.

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.