ދުނިޔެ

އަނެއްކާވެސް ޗައިނާގެ ޕްރޮވިންސްއެއް ލޮކްޑައުން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ބައި މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީ އެއް އޮންނަ ޗައިނާގެ ޕްރޮވިންސެއް އަނެއްކާވެސް ލޮކްޑައުން ކޮށްފިއެވެ.

Ads by Sosun Fihaara

ޗައިނާގެ ހެނަން ޕްރޮވިންސްގެ ޖިއާ ކޯންޓީ ގައި ގާތްގަނޑަކަށް 570000 މީހުން އުޅޭއިރު، އެ ޕްރޮވިންސްގެ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްތަކާއި ޓެކްސީތައް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ. އެ ޕްރޮވިންސްގައި ކޯވިޑް 19 އަލުން ފެތުރިއްޖެ ހާލަތެއްގައި އާންމުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ވަނީ އޮފިޝަލުން އަންގާފައެވެ.

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަސް ފުރަތަމަ އެންމެ ހަލުވިކަމާއިއެކު ފެތުރުނީ ޗައިނާގެ ވުހާން ސިޓީގައެވެ. ޗައިނާގެ ގިނަ ހިސާބުތަކެއްގައި ކޯވިޑް 19 ވަރަށް ހަލުވިކަމާއިއެކު ފެތުރުމަށްފަހު މިހާރު ވަނީ އާއްމު ހާލަތަށް އެޅިފައެވެ.

ޗައިނާގެ ހެނަން ޕްރޮވިންސްގައި އިއްޔެ އެކަނިވެސް ވަނީ 1273 މީހުން ކޯވިޑް 19 އަށް ޕޮޒިޓިވްވެ އެތަނުން 22 މީހުން މަރުވެފައެވެ. ހެނަން އަކީ ޗައިނާގެ 3 ވަނަ އަށް އެންމެ އާބާދީ ބޮޑު ޕްރޮވިންސްއެވެ.

ޖިއާ ކޯންޓީގެ ކޯވިޑް 19 ޓާސްކު ފޯސްއިން ބުނީ، އެ ހިސާބު ގަނޑުގައި ދިރިއުޅޭ އެންމެންވެސް ތިބެންޖެހޭނީ ސެލްފް އައިސޮލޭޝަންގައި ކަަމަށާއި، ޒަރޫރީ ބޭނުމަކަށް ނޫނީ މަގުމައްޗަށް ނިކުމެ ނޫޅެވޭނެ ކަމަށެވެ. އަދި ފިހާރަ ކުރަން ވެސް ކޮންމެ ގެއަކުން ބޭރަށް ދެވޭނީ އެކަކަށް ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ބޭރަށް ނިކުންނަ ނަމަ މާސްކު އެޅުންވެސް ވަނީ މަޖްބޫރު ކޮށްފައެވެ.

ކޯވިޑް 19 މިހާރު އެންމެ ހަލުވިކަމާއިއެކު ފެތުރެމުން ދަނީ އިޓަލީގައެވެ. އެކި ގައުމުތަކުން ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު މިހާރު 9 ލައްކައަށްވުރެ އިތުރުވެފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ސާޅީސް ހާހަށްވުރެ މަތިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!