ދުނިޔެ

ޗައިނާގައި ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ބަލިތައް އިތުރު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޗައިނާގައި ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ބަލިތައް އިތުރުވަމުންދާކަމަށް ޔޫރަޕިއަން ސެންޓާ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ރިޕޯޓުކޮށްފި އެވެ.

Ads by MPL

މި ރިޕޯޓުގައި ބުނީ މި ބަލިތައް ފެތުރެމުންދަނީ ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ކަމަށެވެ.

އީސީޑީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުގައި ބުނީ މި ބަލިތަކުގެ ތެރޭގައި ނިއުމޯނިއާ އަދި އެހެނިހެން ނޭވާލުމުގެ ނިޒާމާ ގުޅުންހުރި އިންފެކްޝަންތައް ހިމެނޭ ކަމަށެވެ. އަދި މި ބަލިތައް އިތުރުވަމުންދާކަމަށް ފުރަތަމަ ފާހަގަކުރެވުނީ ޗައިނާގެ އުތުރު ސަރަހައްދުގައި ކަމަށްވެސް ވެބްސައިޓުގައިވެ އެވެ.

ނަމަވެސް މިހާރު ގައުމުގެ އެހެން ސަރަހައްދުތަކަށްވެސް ފެތުރެމުންދާކަމަށް ބެލެވެ އެވެ.

ޗައިނާގެ ސިއްހީ އިދާރާތަކުން މި ކަމާ ގުޅޭގޮތުން ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އީސީޑީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ބަލިން ރައްކާތެރިވުމަށް އާންމުންނަށް ދެވޭ އިރުޝާދުތައް ހިމެނޭކަމަށްވެސް އީސީޑީސީ އިންވެސް ބުންޏެވެ.

ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަތްދޮވުމާއި، ކެއްސާއިރު އަނގަޔާއި ނޭފަތް ނިވާކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ އިދާރާތްތަކުން އާންމު ރައްޔިތުންނަށް އިލްތިމާސްކުރެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!