ދުނިޔެ

އުއިގޫރު މުސްލިމުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ހުރަސްތަކެއް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޗައިނާގެ ސަރުކާރުން އުއިގަރު މުސްލިމުންނަށް ދަތުރުފަތުރު ކުރުމުގައި ގިނަގުނަ ހުރަސްތަކެއް ކުރިމަތިކޮށްފައިވާ ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓެއްގައި ބުނެފި އެވެ.

މި ރިޕޯޓުގައި ބުނީ ޝިންޖިއާންގ ސަރަހައްދުގައި ދިރިއުޅޭ އުއިގަރުންނަށް ޗައިނާގެ އެހެން ސަރަހައްދުތަކަށް އަދި ބޭރު ޤައުމުތަކަށް ދަތުރުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އުއިގަރުންނަށް ޕާސްޕޯޓު ހެއްދުމާއި، ވީޒާ ހޯދުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ގިނަ ފަހަރު މި ލިޔެކިޔުންތައް ހޯދުމަށް އެދޭ އުއިގަރުންގެ އެދުންތައް ވަނީ އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި ބާތިލުކޮށްފައެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ޗައިނާ ޑިރެކްޓަރު ސޯފީ ރިޗަރޑްސަން ވިދާޅުވީ، "ޗައިނާ ސަރުކާރުން އުއިގަރުންގެ މިނިވަންކަމަށް ގެންނަ ހަނިކުރުންތަކަކީ އިންސާނީ ޙައްޤުތަކުގެ ބޮޑު ޚިލާފުވުމެކެވެ. މި ކަންތައްތަކުގެ ސަބަބުން އުއިގަރުންނަށް އެމީހުންގެ އާއިލާތަކާ ބައްދަލުކުރުމާއި، ތަޢުލީމު ހާސިލުކުރުމާއި، ވިޔަފާރި ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ."

މި ރިޕޯޓާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ޗައިނާގެ މި އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޗައިނާގެ ސަރުކާރަށް ގޮވާލާފައިވަނީ އުއިގަރުންގެ ދަތުރުފަތުރުގެ މިނިވަންކަމަށް ގެނެސްފައިވާ ހުރަސްތައް ނައްތާލުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!