ސްޓެލްކޯ ފްލެޓުގެ 12 ވަނަ ފްލޯއިން ވެއްޓި މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ހުންނނަ ސްޓެލްކޯ ފްލެޓް، އިމާރާތުގެ 12 ވަނަ ފްލޯއިން ވެއްޓި މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވެއްޓި މަރުވީ ހ. ގިނިރާހިއާގެ، އިބްރާހިމް ޝަރަފް (31އ) ކަމަށެވެ.
އެ މީހާ ވެއްޓުނު ދިމާވި ސަބަބެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް މަރުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އެ ޒުވާނާ ވެއްޓުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑިއާގައި ދައުރުވަމުންދެ އެވެ.

Ads by HDC