ދުނިޔޭގެ ސިފައިންގެ ބާރުގެ 4 ވަނައަށް އިންޑިއާ އަރާ، ޕާކިސްތާން 12 ވަނަ އަށް ވެއްޓިއްޖެ

ދުނިޔޭގެ އެންމެ ވަރުގަދަ ސިފައިންގެ ބާރުގެ 4 ވަނައަށް އިންޑިއާ އަރާ، އެ ލިސްޓުގެ 12 ވަނައަށް ޕާކިސްތާން ވެއްޓިއްޖެ އެވެ.
ގްލޯބަލް ފަޔާ ޕަވާ އިންޑެކްސް 2024 އިން ނެރުނު ތަފާސް ހިސާބުގައި ދައްކާގޮތުގައި އިންޑިއާއިން 4 ވަނަ އަށް އަރާފައިވަނީ ކުރީ އަހަރަށްވުރެ އެންމެ އަހަރެކެވެ.
ނަމަވެސް ޕާކިސްތާނުން 12 ވަނަ އަށް ވެއްޓިފައިވަނީ 10 ވަނަ އިންނެވެ.
އިންޑިއާ 4 ވަނާގައި ހިމެނޭއިރު އެމެރިކާ، ރަޝިއާ އަދި ޗައިނާވެސް ވަނީ ހިމެނިފަ އެވެ. މި އިންޑެކްސްގައި ޖުމްލަ 145 ގައުމެއްގެ ސިފައިންގެ ބާރު ވަޒަންކޮށްފައިވެ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އިސް ވެރިއަކު ވިދާޅުވީ މި ކުރިއެރުމަކީ އިންޑިއާގެ ސިފައިންގެ ބާރު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.
"އަޅުގަނޑުމެން ވަނީ ފަހަކަށް އައިސް ސިފައިންގެ އާލާތްތައް އަދި ޓެކްނޮލޮޖީ ތަރައްގީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައި"
ޕާކިސްތާންގެ ސިފައިންގެ ބާރު ދަށަށް ދިއުމާ ގުޅޭގޮތުން އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ސަރަހައްދުގެ ސަލާމަތީ ކަންކަމުގެ މާހިރުން ދެކޭގޮތުގައި މިއީ ޕާކިސްތާނުގެ އިގްތިސޯދީ ގޮންޖެހުންތަކާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނަތީޖާއެކެވެ.
މި އިންޑެކްސްގައި ގައުމުތަކުގެ ވަނަ ކަނޑައެޅުމުގައި ބަލަނީ އެ ގައުމެއްގެ ސިފައިންގެ ބާރުގެ އަދަދު، ހަތިޔާރުގެ ބާވަތްތައް، ޓެކްނޮލޮޖީގެ ފެންވަރު، އަދި އިގްތިސޯދީ އަދި ބަޖެޓުގެ ގާބިލުކަން ފަދަ ކަންކަމަށެވެ.
މި ރިޕޯޓުން ދައްކާގޮތުގައި، އިންޑިއާގެ ސިފައިންގެ ބާރު ކުރިއަރަމުން ދިއުމަކީ ސަރަހައްދުގެ ބާރުގެ ވަޒަނަށް އަންނަމުންދާ ބަދަލެއްގެ ނިޝާނެކެވެ.
ނަމަވެސް، ސަލާމަތީ ކަންކަމުގެ މާހިރުން އިންޒާރުދެނީ މިފަދަ ބަދަލުތަކުން ސަރަހައްދުގެ ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމަށެވެ.