ދުނިޔެ

ޕާކިސްތާނުގައި ޕީއޭއެފް އޮޕޮޝަލެއްގެ ގެ ގޮއްވާލި މީހުން ހޯދަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ޕާކިސްތާނު ލައްކީ މަރްވަތް ސަރަހައްދު

ޕާކިސްތާނުގެ ލައްކީ މަރްވަތް ސަރަހައްދުގައި ހުރި ޕާކިސްތާން އެއާ ފޯސް (ޕީއޭއެފް) ގެ ގޮއްވާލި މީހުން ހޯދަން ފަށައިފި އެވެ.

ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށް ބުނީ ޓެރަރިސްޓުން މި ގެ ގޮއްވާލާފައިވަނީ މިދިޔަ 12 ވަނަ ދުވަހުގެ ރޭގައި ކަމަށެެވެ.

މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް ގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބުނެއެވެ. މި ހަމަލާ ދީފައިވަނީ ޓެރަރިސްޓުން ގޭގެ ވަށައިގެން ގޮވާ ތަކެތި ބަހައްޓައިގެން ކަމަށްވެސް ނޫސްތަކުން ރިޕޯޓުކުރެ އެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ސަރަހައްދު ބަންދުކޮށް، ތަހުގީގު ފަށާފަ އެވެ. އަދި ހަމަލާ ދިން ފަރާތްތައް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާއި ސަރުކާރުގެ އިސް ފަރާތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ އެ ގައުމުގައި އާންމުކޮށް ހިނގާ ކަމެކެވެ. މި ހަމަލާއަކީ ވެސް އެފަދަ ހަމަލާއެއް ކަމަށް ބެލެވެ އެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ޕާކިސްތާނުގެ އިސް ފަރާތްތަކުން ބުނެފައިވެ އެވެ. އަދި މިފަދަ ޓެރަރިސްޓް ހަރަކާތްތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!