ޚަބަރު

އޭއައި ދާއިރާގައި އިންޑިއާއަކީ ވަރަށް މުހިންމު މާކެޓެއް: ސެމް އޯލްޓްމަން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި އިންޑިއާއަކީ ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި ދާއިރާގައި އިންޑީއާއަށް ކުރިއަރާ ލީޑިންގް ފޯސްއަކަށް ވެވިދާނެ ކަމަށް އޮޕެންއޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިވެންޓެއްގައި ވާހަކަަ ދައްކަވަމުން ސެމް އޯލްޓްމަން ވިދާޅުވީ، އިންޑިއާގެ ޓެކްނޮލޮޖީ ދާއިރާގެ ޓެލެންޓް އަދި އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރަށް ފެންވަރު ރަނގަޅު ކަމަށެވެ.

އޭއައި ދާއިރާގައި އިންޑިއާގެ ކުރިމަގު ވަރަށް އުޖާލާވާނެ ކަމަށް ފެނިގެންދާނެ ކަމަށް ސެމް އޯލްޓްމަން ވިދާޅުވެއްޖެ އެވެ.

"އިންޑިއާއަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު މާކެޓެއް. އަދި އިންޑިއާގެ ޓެކްނޮލޮޖީ ދާއިރާގެ ޓެލެންޓް ވަރަށް ފެންވަރު ރަނގަޅު. އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވެސް ވަރަށް ރަނގަޅު. މި ދާއިރާގައި އިންޑިއާއަށް ވަރަށް ބޮޑަށް ކުރިއެރުމުގެ ފުރުސަތު އެބައޮތް،" އޯލްޓްމަން ވިދާޅުވިއެވެ.

އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު ސެމް އޯލްޓްމަން ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ ސަރުކާރުން އޭއައި ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އިންޑިއާގެ ޒުވާނުންނަށް އޭއައި ދާއިރާގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭއައި ޓެކްނޮލޮޖީ ތަރައްގީކުރުމުގައި އިންޑިއާއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ސެމް އޯލްޓްމަން ފާހަގަކުރެއްވި އެވެ. އަދި މި ދާއިރާގައި އިންޑިއާގެ ކުންފުނިތަކާއި ސްޓާޓްއަޕްތަކާއެކު މަސައްކަތްކުރުމަށް އޮޕެންއޭއައިން ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!