ދުނިޔެ

އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް ކޮރިޑޯ މަޝްރޫއުއާ ބެހޭގޮތުން މަޝްވަރާކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް ކޮރިޑޯ މަޝްރޫއުއައިގެން ކުރިއަށް ދިއުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ފްރާންސްގެ ރައީސް އެމުނުއެލް މެކްރޯން މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މެކްރޯން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މި މަޝްރޫއަކީ އިންޑިއާ، މެދުއިރުމަތި އަދި ޔޫރަޕް ގުޅުވައިދޭ ބޮޑު ވިއުގައެއް ގާއިމުކުރުމަށް ރޭވިފައިވާ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން މުދާ އުފުލުމާއި، ވިޔަފާރި އަދި އިގްތިސޯދީ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެ އެވެ.

ދެ ލީޑަރުން ވަނީ މި މަޝްރޫއުގެ ސަބަބުން ސަރަހައްދީ ގުޅުންތައް ވަރުގަދަވެ، އިގްތިސޯދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ މި މަޝްރޫއަކީ ސަރަހައްދުގެ އިގްތިސޯދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ޔޫރަޕާއި އޭޝިއާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ތަފްސީލުތައް އަދި ހާމަކުރެވިފައި ނުވިނަމަވެސް، މިއީ ސަރަހައްދުގެ އިގްތިސޯދީ އަދި ޑިޕްލޮމެޓިކް ގުޅުންތަކަށް ބޮޑު ބަދަލެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ބެލެ ވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވިގެންދާނެ ކަމަށް ބެލެވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!