މުނިފޫހިފިލުވުން

ނައިރޯބީ މަރެއް ނުވެޔޭ ބުނި ކުދިން ކޮބާ؟

ދެން އެމްވީ ، ދެން އޮންލައިން

މަނީ ހެއިސްޓަކީ ދިވެހިންގެ ތެރޭގައި މިހާރު އެންމެ މަގުބޫލު އެއް ޝޯއެވެ. ނެޓްފްލިކްސް އޮރިޖިނަލް އެއްކަމަށްވާ މި ޝޯގެ ހަތަރުވަނަ ސީޒަން އިއްޔެ ނެޓްފްލިކްސްގައި ސްޓްރީމްކޮށްފައިވާއިރު ސީޒަން ތިނެއް ނިމުނު އިރު ބެލުންތެރިންގެ ހިތުގައި އުފެދުނު ގިނަ ސުވާލުތަކެއްގެ ޖަވާބުވަނީ ލިބިގެން ގޮސްފައެވެ. މިގޮތުންސީޒަން ތިނެއްގައި ނައިރޯބީގެ ގަޔަށް ވަޒަން އެރުމާއެކު ގިނަ ބެލުންތެރިން ތިބީ މި ސުވާލުގެ ޖަވާބު ހޯދުމުގެ އިންތިޒާރުގައި ނޭވާ ހިފަހައްޓާލައިގެންނެވެ.

ނަމަވެސް ހީކުރި ގޮތާއި ހިލާފަށް ސީޒަން ހަތަރެއް ފެށުމާއެކު ފެނިގެންދިޔައީ ނައިރޯބީ އަށް އެރި ވަޒަން ނަގައި ނައިރޯބީގެ ފުރާނަ ސަލާމަތްކުރި މަންޒަރެވެ. ގިނަ ބަޔަކު ތިބީ މިކަމާއި އުފަލުން ފޮޅިފައެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ މީސް މީޑިއާގައި އެތައް ބަޔަކު ދޫކޮށްލި ސްޓޭޓަސް ތަކުންނެވެ. ނައިރޯބީ މަރެއް ނުވެޔޭ ކިޔާ ގިނަ ބަޔަކު ދިޔައީ ސްޓެޓަސް ތައް ޖަހަމުންނެވެ. މީގެ ތެރޭގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވެސް ހިމެނެއެވެ.

ނަމަވެސް މި އުފާވެރިކަން މާ ގިނަ އިރަކު ދިގު ލައިގެންނެއް ނުދިޔައެވެ. އެޕިސޯޑު ހައެއް ނިމުނީ ޕްލޮޓް ޓްވިސްޓަކާއެކު ނައިރޯބީގެ މަރާއެކު ގިނަ ބަޔަކު ރޮއްވާލާފައެވެ. އެއާއެކު ބައެއް މީހުންވަނީ އެމީހުންގެ ސްޓޭޓަސްތައް ޑިލިޓުވެސް ކޮށްފައެވެ.

ނައިރޯބީއަކީ މަނީ ހެއިސްޓު ފުރަތަމަ ސީޒަން އިން ފަށައިގެން ހަތަރު ވަނަ ސީޒަން އާއި ހަމައަށް ފެނިގެންދިޔަ ހިތްހެޔޮ އަދި މަޖާ ކެރެކްޓަރ އެކެވެ.

މަނީ ހެއިސްޓަކީ ވަގެއް ގެ މާސްޓަރޕްލޭންއަަކާއެކު އޭނާގެ ބައިވެރިން އެ ވައްކަމުގައި އުޅޭ މަންޒަރު ދައްކައިދޭ ސްޕެނިޝް ޑްރާމާއެކެވެ. އަދި މިއީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު ލޭންޖުއޭޖް ޝޯވެސް މެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!