ދިރިއުޅޭ ގޭގެ ދޮރަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

ދިރިއުޅޭ ގޭގެ ގެއަކަށް ގެއްލުން ދިން މައްސަލައެއްގައި މިދިޔަ ހޯމަ ދުވަހު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރީ މާލޭގެ ސަބުދެލިމަގުގައި ހުންނަ ވޯޓާފްލޯ ނަމަކަށް ކިޔާގެ ގޭގެ މައިދޮރަށް ގެއްލުން ދިން މައްސަލައިގަ އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހަކީ މ. ޓެކްސަސް ހުޅަނގުބައި، މުހައްމަދު ޝަރީފެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖެހި އެވެ.
ކޯޓު އަމުރުން އެނގުނު ގޮތުގައި އެއީ އޭނާ މިހާރު ދިރިއުޅޭ ގެ އެވެ. ކޯޓުގައި އޭނާ ބުނެފައި ވަނީ ގޭގެ މީހުން އޭނާ ގެއަށް ނުވަދެވޭ ގޮތަށް ހެދުމުން، ގެއަށް ވަންނަން ދޮރަށް ގެއްލުން ދޭން ޖެހުނީ ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.