ޚަބަރު

މުއްދަތު ހަމަވެފައި އޮތަސް އައިޑީ ކާޑުން ހިދުމަތް ލިބޭނެ

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފަހުން، އައިޑީ ކާޑުންގެ މުއްދަތު މުއްދަތު ހަމަވެފައި އޮތްނަމަ އެކާޑު ބޭނުންކޮށްގެން ހޯދަންޖެހޭ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ނޭޝަނަލް ރަޖިސްޓްރޭޝަނުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.

މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާ ކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެފައިވެއެވެ.

އެގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މި މަހުގެ އެއްވަވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބަލައި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ އަންގާފައެވެ.

މިގޮތަށް އަމަލު ކުރަމުން ގެންދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!