ޚަބަރު

އިރުތިޝާމްގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސަށް އަރުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިރުތިޝާމް ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސްއަށް އަރުވަނީ-- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއިން ފަރަންސޭސިވިލާތުގެ ނޮން ރެސިޑެންޓްކަމުގެ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރި ޑރ. އިރުތިޝާމް އާދަމް، ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯންއަށް މިއަދު އަރުވައިފި އެވެ.

Ads by STELCO

އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އިރުތިޝާމް، މެކްރޯންްއަށް ފަތްކޮޅު އެރުވީ ފްރާންސްގެ ރައީސްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އިރުތިޝާމްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދިވެހިންގެ ނަމުގައި ހެޔޮ އެދުންތައް މެކްރޯންއަށް ވިދާޅުވެފަ އެވެ.

އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާއި ސަގާފީ ކަންކަމާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމަށް ތައްުޔާރަށް ހުންނެވި ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސަފީރު އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑު ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!