ޚަބަރު

ދުވާލު މަގުމަތީގައި ސިނގިރެޓެއް ރޯކުރަން އުޅެނިކޮށް ހައްޔަރުކުރުމުން ސްޓޭޝަނަށް ގެއްލުން ދީފި

. ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ރޯދަ މަހު ދުވާލު މާލޭ މަގުމަތީގައި ސިނގިރެޓެއް ރޯކުރަން މަސައްކަތް ކުރަނިކޮށް، ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފި އެވެ.

Ads by MPL

ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ބުރާސްފަތި ދުވަހު ހައްޔަރުކުރީ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ބަންދު އަމުރުގައިވާ ގޮތުން ބުރާސްފަތި ދުވަހު ހެނދުނު 11:40 ހާއިރު މަގުމަތީގައި ހުރެ އޭނާގެ އަތުގައި އޮތް ސިނގިރޭޓެއް ރޯކުރަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވި ކަމަށެވެ.

އޭނާ ފަހުންވެސް ސިނގިރެޓް ރޯކޮށްފާނެ ކަމަށް ބެލެވޭތީ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ އެވެ.

ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެ ތަނުގެ ހޯލްޑިން ރޫމުގައި ބަހައްޓާފައި ހުއްޓައި، ހޯލްޑިން ރޫމްގައި ހުރި ގޮނޑީގެ އަތްގަނޑުގައި ހުރި އިސްކުރު ނެއްޓި އެވެ.

އަދި އަތްގަނޑު ނެއްޓުމަށް ފަހު އަތްގަނޑުން ހޯލްޑިން ރޫމް ބޭރު ދޮރުގެ ތަޅުގައި ޖެހި އެވެ. އަދި ތަޅަށް ގެއްލުންދީފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

ކޯޓު އަމުރުގައި ބުނީ އޭނާ އަކީ މީގެ ކުރިންވެސް ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި، އޭގެ ތެރެއިން 25 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ މީހެއް ކަމަށެވެ.

އެމީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

Ads by Allied Insurance
  1. ޖަޑިބު

    އަނެއްކާވެސް ދޫކޮއްލާ ތިވާނީ ކޮންމެސް ކަހަލަ ނަފްސާނީ ބައްޔެއް ހުންނަ މީހަކައް