ޚަބަރު

ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާ ބެހޭ އޮޕަރޭޝަނެއް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭ މަގުމަތީގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ދެން

ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާ ބެހޭ އޮޕަރޭޝަނެއް މިރޭ ފަށައިފި އެވެ.

މި ކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ފުލުހުން ފޭސްބުކްގައި ޕޯސްޓްކުރުމަށް ފަހު، ޕޯސްޓް ވަނީ ޑިލީޓްކޮށްފަ އެވެ.

ފުލުހުންގެ ޕޯސްޓްގައި ބުނެފައި ވަނީ އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ އިންޓެލިޖެންސްއަސް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި އެ އޮޕަރޭޝަންއާ ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގައުމީ ސަލާމަތާ ގުޅޭ އޮޕަރޭޝަންއެއް ފެށިއިރު ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި މަހެއްހާ ދުވަހަށް ސިފައިންގެ ތަމްރީންތަކެއް ރޭ ވަނީ ފަށައިފަ އެވެ.

ޑިފެންސް މިނިސްޓްރީން ކުރިން ބުނީ އެ ތަމްރީނުތަކުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށެވެ.

މިއީ ކޮން ސަބަބަކާ ހުރެ ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު މީގެ ކުރިން ވެސް ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

 

 

 

Ads by Allied Insurance