މާލެ ސިޓީ ކައުންސިލަށް އެސްޖީއެއް ހޯދަނީ

މާލެ ސިޓީ ކައުންސިލުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ސިޓީ ކައުންސިލުން އިއުލާންކުރި ގޮތުގައި އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު މެންދުރު 1 ޖަހަން ދެކަށެވެ.
ސެކްރެޓަރީ ޖެނެރަލްގެ އަސާސީ މުސާރައަކީ 20،500 ރުފިޔާ އެވެ. އެގްޒެކެޓިވް އެލަވަންސަށް ކޮންމެ މަހަކު 15،000 ރުފިޔާ ލިބޭނެ އެވެ. މަހަކު ޖުމުލަ 35،500 ރުފިޔާ އެވެ.
މަގާމުގެ ޝަރުތުތައް ހަތަރު ކެޓަގަރީއަކަށް ބަހާލާފައިވެ އެވެ.
1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛ އެ ދާއިރާގެ މަސައްކަތުގެ މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ
2. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛ އެ ދާއިރާގެ މަސައްކަތުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ
3. ކޮންމެ ދާއިރާއަކުން ވިޔަސް ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛ ދާއިރާއާ ގުޅުން ހުރި މަސައްކަތުގެ 8 އަހަރު ދުވަހުގެ ތަޖުރިބާ
4. ކޮންމެ ދާއިރާއަކުން ވިޔަސް ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛ ދާއިރާގެ މަސައްކަތުގެ 6 އަހަރު ދުވަހުގެ ތަޖުރިބާ
